ކައްދޫގައި މަގު ހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
މިހާރު
15 އޯގަސްޓު 2025 | ހުކުރު | 9:57
ލ. ކައްދޫ އެއާޕޯޓު ކައިރިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލުން ޖެހި މިރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަޔަކަށް ފަރުވާދޭނެ ފަށައިފި އެވެ.
މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިރޭ އިޝާ ނަމާދު ވަގުތު ވާން ކައިރިވެފައި ހުއްޓާ ކަމަށެވެ.
"އެއީ ކައްދޫން އުމްރާ އަށް ދިޔަ ބައެއް. އެއާޕޯޓުން އައިސް މަގު ހުރަސް ކުރަނިކޮށް އައި ސައިކަލެއް ޖެހި މި އެކްސިޑެންޓު ހިނގީ،" އޭނާ ވިދާޅުވި އެވެ.