އަސްކަރީ އިތުރު އުޅަނދުތައް ދާދި އަވަހަށް ފެންނަން ފަށާނެ: ޗީފް އޮފް ޑިފެންސް ފޯސް

މިހާރު

16 އޯގަސްޓު 2025 | ހޮނިހިރު | 12:26

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އަސްކަރީ އިތުރު ކަނޑުގެ އުޅަނދުތައް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ހޯއްދަވައި ދެއްވާ ތަން ދާދި އަވަހަށް ފެންނަން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ތުރުކީގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުމަށް ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

"... ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ގާބިލްކަން ހޯއްދަވައި ދެއްވުމަށް ކައިރި މުސްތަގުބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެ މަނިކުފާނު އެމްއެންޑީއެފަށް ހޯއްދަވައި ދެއްވާނެ. މި މަންޒަރު ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.

މައުޟޫޢުތަށް