ތުރުކީގެ މަނަވަރު ހަވާލުކުރުން: "މިއީ ފަލަ، ރަތް ރޮނގު ރައީސް ވަރަށް ބާރަށް ފަވާލި ރޭ"

މިހާރު

16 އޯގަސްޓު 2025 | ހޮނިހިރު | 2:11

ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު "ދަރުމަވަންތަ" ބޭނުންކުރަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ދުވަހު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލުގެ ހިމާޔަތުގައި ދަންމަވައިލެއްވި ފަލަ، ރަތް ރޮނގު ސީދާ އެ މަނިކުފާނު ވަރަށް ބާރަށް ފަވާލަ ދެއްވުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17، 2023 ގައި ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ ތަގުރީރުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމް ކުރައްވާނެ ކަމަށާއި އެކަމަކު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދައްމަވާނެ ކަަމަށެވެ.

"އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަން ވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިހުތިރާމު ކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތު ވެގެނެއް ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

މައުޟޫޢުތަށް