"ޔާމީން ހެއްދެވީ ކަނޑައެޅިގެން ދޮގެއް" ގާނޫނީ ފިޔަވަޅު އަޅަން މައުމޫން ވިސްނަވަނީ!
މިހާރު
16 އޯގަސްޓު 2025 | ހޮނިހިރު | 3:25
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު އަހަރު އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލީ، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މައުމޫންގެ އޮފީހުން ރޭ ބުނެފި އެވެ.
"އަދަދު" އޮންލައިނަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ، މައުމޫން ޖަލަލަށްލީ، ފެބްރުއަރީ 1، 2018 ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ. އަދި އެ ކަމުގައި އުޅުއްވީ މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހޯދީ ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުންނެވެ.
އެކަމަކު، މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައުމޫން ރިޝްވަތު ދިން ކަމަށް ބުނެ ޔާމީން ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.