ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމަށް ފަހު ޒެލެންސްކީ ވެސް އެމެރިކާއަށް

މިހާރު

16 އޯގަސްޓު 2025 | ހޮނިހިރު | 2:01

ރަޝިޔާ އާއި ޔުކްރެއިންގެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ބައްދަލުކުރެއްވުމަށް ފަހު ޔުކްރެއިންގެ ރައީސް ވޮލްޑަމީރް ޒެލެންސްކީ ވެސް އެމެރިކާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމެރިކާގެ އެލަސްކާގައި ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރެއްވުމަށް ފަހު އެއްބަސްވުމަކާ ހިސާބަކަށް ނުދެވި ނިންމާލަން ޖެހުނަސް ވަރަށް ގިނަ ކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ ދެން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް ގުޅުއްވާނެ ކަމަށެވެ. އަދި އެއަށް ފަހު ޓްރަމްޕް ޒެލެންސްކީއަށް ވަރަށް ދިގު ކޯލެއް ކުރެއްވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް