ގާސިމުގެ ދެބަފައިންނާ ގުޅޭ ގޮތުން ޔާމީން ހެދީ ދޮގު، ފިޔަވަޅު އަޅާނަން: ޖޭޕީ
މިހާރު
16 އޯގަސްޓު 2025 | ހޮނިހިރު | 3:08
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅު ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"އަދަދު" އޮންލައިނަށް މިދިޔަ ހަފްތާގައި ޔާމީން ދެއްވި އިންޓަވިއުއެއްގައި ވަނީ ގާސިމާއި ސިޔާދު ޖަލަށްލީ އެއްވެސް ކުށެއް ނެތި ކަމަށް ޕްރެޒެންޓަރު ބުނުމުން އެއީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެފަ އެވެ.
"..އެހެންތަ ވަނީ. މާތްކަލާނގެއާ ވަކީލު. އެހެންވީމަ ނޭނގޭތީއެއް ނޫންތޯ. އެހެންވީމަ ނޭނގޭތީއެއް ނޫންތޯ،" ގާސިމާއި ސިޔާދު ހައްޔަރުކުރީ ކުށެއް ނެތި ކަމަށް ޕްރެޒެންޓަރު ބުނުމުން ރައްދުގައި ޔާމީން ވިދާޅުވި އެވެ.