މަސްމާރުކޭޓު ހަވާލުކުރި ގޮތާ މެދު ސުވާލު އުފެދި އެއްބަސްވުން އުވާލުމާ މެދު ގޮތެއް ނިންމަނީ
މިހާރު
16 އޯގަސްޓު 2025 | ހޮނިހިރު | 5:12
މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މާލޭ މަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ކުރިން ނިންމާފައިވިޔަސް އަލުން ބެލިބެލުމުން މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެެ.