631 މިލިއަން ރުފިޔާ ހަރަދުކޮށްގެން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި
މިހާރު
16 އޯގަސްޓު 2025 | ހޮނިހިރު | 9:39
މިނިސްޓަރު ވިދާޅުވީ، ހަތަރު ޕްރޮޕޯސަލެއް ލިބުނު ކަމަށް. އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން. ކުންފުންޏަށް ސަރުކާރުން ފައިސާ ދޭން ޖެހެނީ ފަސް އަހަރުގެ ތެރޭގައި.
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު އެ މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ.