ހަކުރުބަލީގެ މީހުން އަނބު ނުކާން ބުންޏަސް ދިރާސާއަކުން ދެއްކީ އިދިކޮޅަށް
މިހާރު
17 އޯގަސްޓު 2025 | އާދިއްތަ | 6:54
އަނބަކީ ހަކުރުބަލީގެ މީހުންނަށް ރަނގަޅު އެއްޗެއް ނޫން ކަމަށް ބުނަމުން އައި ނަމަވެސް ޓައިޕް2 ޑައެބިޓީސް ހުންނަ މީހުން ޕާން ފަދަ ކާބޯހައިޑްރޭޓްސްގެ ބަދަލުގައި އަނބު ކެއުމުން ލޭގައި ހަކުރުގެ ލެވަލް މާބޮޑަށް ރަނގަޅުވާ ކަމަށް އިންޑިއާގައި ހެދި ދެ ދިރާސާއަކުން ދައްކައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 830 މިލިއަން މީހުން ހަކުރުބަލި ތަހަންމަލްކުރެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓަކީ ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނެވެ. މާނަ އަކީ ހަށިގަނޑު އިންސިއުލިން އަށް ރެސިސްޓެންޓްވެފައި ނުވަތަ އެކަށީގެންވާ މިންވަރަށް އިންސިއުލިން ނުއުފެއްދުމެވެ.
އިންޑިއާގެ ބޮޑެތި މީހުންގެ އާބާދީގެ ގާތްގަނޑަކަށް 77 މިލިއަން މީހުންނަކީ ހަކުރުބަލި ހުންނަ މީހުން ކަމަށާއިއިތުރު 25 މިލިއަން މީހުންނަކީ ޕްރީޑައިބެޓިކް ނުވަތަ ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތި މީހުންނެވެ.