ގާސިމްގެ ތާއީދު އިސްލާހުތަކަށް، ވިދާޅުވީ ގައުމު ހިންގަންވާނީ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށް
މިހާރު
17 އޯގަސްޓު 2025 | އާދިއްތަ | 10:27
ލާމަރުކަޒީ ނިޒާމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ރާއްޖޭގެ މިއަދުގެ ހާލަތަަށް ބަލާއިރު ވަރަށް މުހިންމު އަދި ގާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތެއްގެ ނިޒާމުގެ ތެރެއަށް ފެތޭ އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މި މަހުގެ ހަ ވަނަ ދުވަހު ފާސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
ތަފާތު ހިޔާލުތައް އެ އިސްލާހުތަކާ މެދު އުޅޭއިރު، ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ވަރަށް މުހިންމު އިސާލާހުތަކެއް ކަމަށެވެ.