މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި

މިހާރު

17 އޯގަސްޓު 2025 | އާދިއްތަ | 11:25

މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑްކުރި އެ ގައުމުގެ ދެ މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މުހައްމަދު ޝަޖަހާން ކިޔާ ބަންގްލަދޭޝް މީހަކު ކިޑްނެޕް ކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލް އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ކިޑްނެޕްކޮށް، އަނިޔާކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށެވެ.

މައުޟޫޢުތަށް