ގެވެށި އަނިޔާގެ ތުހުމަތާ އެކު ތޯހާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާހެއް ނުވި

މިހާރު

17 އޯގަސްޓު 2025 | އާދިއްތަ | 12:20

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާގެ ނަން އެ ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ ތޯހާގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ. އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ އިންޓަވިއު ކޮށްފަ އެވެ.

އެ އިންޓަވިއުގައި، ބައެއް މެންބަރުން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމް ފުރުއްވި ތޯހާއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް ސުވާލު ކޮށްފަ އެވެ. އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި އޮތީ، އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް އެ ޝަކުވާގައިވެ އެވެ.

މައުޟޫޢުތަށް