އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ގުޅުން ފާހަގަކުރަން ޕްރޮމޯޝަނެއް

މިހާރު

17 އޯގަސްޓު 2025 | އާދިއްތަ | 2:57

އެސްޓީއޯ އާއި މަކިޓާގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަނުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ މަކިޓާ ބްރޭންޑުގެ ގިނަ ޕަވާޓޫލްތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އެސްޓީއޯއިން "މަކިޓާ" ބްރޭންޑުގެ ލަކުޑި އާއި ވަޑާންކުރާ ސާމާނުާއި އައުޓްޑޯ މަސައްކަތަށް ބޭނުންކުރާ ސާމާނާއި ދަނޑުވެރި ކަމުގައި ބޭނުންކުރަން ހާއްސަކޮށްފައިވާ އުފެއްދުން އަދި އާއްމުކޮށް ބޭނުންކުރާ ވެކިއުމް ކްލީނަރު ފަދަ ތަކެތި ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް މަކިޓާގެ އަގުހުރި ޕަވާޓޫލްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލަކީޑްރޯގައި އެއް ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 25،000ރ. ގެ މަކިޓާ ޓޫލްސް ލިބޭއިރު ދެވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 10،000ރ.ގެ މަކިޓާ ޓޫލްސް އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ. ގެ މަކިޓާ ޓޫލްސް ލިބޭނެ އެވެ.

މައުޟޫޢުތަށް