ގަވާއިދާ ހިލާފްވެގެން މިދިޔަ ހަފުތާގައި 154 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
މިހާރު
17 އޯގަސްޓު 2025 | އާދިއްތަ | 3:40
މިދިޔަ ހަފުތާގައި ޓްރެފިކް ގަވާއިދާ ހިލާފުވެގެން މާލެ ސަރަހައްދުން 154 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ޓްރެފިކް ޕޮލިހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 32 އެކްސިޓެންޓެއް ހިނގާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެ އެވެ.
ޑްރައިވިން ލައިސެންސް ނެތި ދަތުރުކުރި 42 މީހަކު ހިފަހައްޓާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި ދެ މީހަކު ހިފަހައްޓާފައިވެ އެވެ. އޭގެ އިތުރުން 154 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ވެހިކަލް ނަންބަރު ޕްލޭޓާ ގުޅޭ މައްސަލަތަކުގައި ދެ މީހަކު ހުއްޓުވާފައިވެ އެވެ.