ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ށ. އަތޮޅަށް 1،000 އަށް ވުރެ ގިނަ ގަސް ފޮނުވައިފި
މިހާރު
17 އޯގަސްޓު 2025 | އާދިއްތަ | 3:40
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރަން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ގަސް ފޮނުވައިފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައިި ށ. އަތޮޅުގެ ހަތަރު ރަށް ކަމަށްވާ ފުނަދު އާއި ނަރުދު އާއި ޅައިމަގާއި ބިލެތްފައްސަށް މި މަހުގެ ތެރޭގައި ފޮނުވީ 1،159 ގަހެވެ. މި ރަށްތަކަށް ފޮނުވީ، އާއްމުކޮށް ރަށްރަށުގައި ހައްދާ، އަލަ އާއި ބަނބުކޭލާއި ޖަނބުރޯލާއި މުރަނގަ ގަހެވެ. މި ގަސްތައް ފޮނުވީ ރަށްރަށުގެ ގެތަކާއި އޮފީސްތަކަށެވެ.
- 65 ބަނބުކެޔޮ ގަސް