އެފްޑީސީ ފްލެޓްތަކަށް މީހުން ބަދަލުވާންވާއިރަށް ބަސް ސްޓޮޕް އިތުރުކުރަނީ
މިހާރު
17 އޯގަސްޓު 2025 | އާދިއްތަ | 7:20
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުން ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހަދަން ފަށައިފި އެވެ.
ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނީ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުހގެ ގޮތުން ހުޅުމާލެ 2 ގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތްކުރަމުން ދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެެވެ.