އިޒްރޭލު ހަނގުރާމައަށް ފަހު އީރާންގައި ޖީޕީއެސް އޮޅުންބޮޅުންވެފައި
މިހާރު
18 އޯގަސްޓު 2025 | ހޯމަ | 6:52
މީގެ ދެ މަސް ކުރިން އީރާނަށް އިޒްރޭލުން ދިން ކުއްލި ހަމަލާތަކާ އެކު ފެށުނު ހަނގުރާމައަށް ފަހު އަދިވެސް އީރާންގައި ޖީޕީއެސް ސިސްޓަމްތައް ބޭނުން ނުކުރެވޭތީ ޝަކުވާ ބޮޑުވެއްޖެ އެވެ.
އީރާންގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ފަރްޝަދު ފޫލަދީ، އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އީރާނާއި އިޒްރޭލާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޖީޕީއެސް ޖޭމްކުރަން ފެށި ގޮތަށް އެކަން އަދިވެސް ނުހުއްޓެ އެވެ. އޭނާ ބުނީ މަގުތަކުގައި އެގޮތް މިގޮތަށް ދުއްވަންޖެހި ބޮޑެތި އުނދަގޫތަކާ މިކަމުގެ ސަބަބުން ކުރިމަތިވާ ކަމަށެވެ.
"މަސައްކަތް ނުކުރެވޭތާ އެތައް ހަފްތާއެއް ވެއްޖެ،" އީރާންގެ ޓެކްސީ އެޕް "ސްނޭޕް" ބޭނުންކޮށްގެން ދަތުރުތައް ހޯދާ ފޫލަދީ ބުންޏެވެ. "ދެވޭ ނުދެވޭ ދިމާލެއް ނޭނގި ގިނަ ފަހަރަށް އެތައް ވަގުތެއް ވަނީ ބޭކާރު." އުމުރުން 35 އަހަރުގެ ޑްރައިވަރު ބުންޏެވެ.