މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގާއި ފަޅު ބަންދުކުރަނީ

މިހާރު

17 އޯގަސްޓު 2025 | އާދިއްތަ | 11:33

މާލޭގައި ވަށައިގެން އޮންނަަ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ފަޅި ބަންދު ކުރާނެ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން މާފަށް އެދެ އެވެ.

މައުޟޫޢުތަށް