މެލޭޝިއާގައި ވޭޕް މަނާކުރަން ހުށަހަޅަނީ
މިހާރު
18 އޯގަސްޓު 2025 | ހޯމަ | 10:24
މެލޭޝިއާގައި ވޭޕް މަނާކުރުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޒުލްކިފްލީ އަހްމަދު ވިދާޅުވެއްޖެ އެވެ.
ޒުލްކިފްލީއާ ވިދާޅުވެފައިވާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރެޓް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ހުށަހެޅުމެއް ހެލްތު މިނިސްޓްރީގެ ކޮމިޓީއަކުން އަންނަނީ ތައްޔާރުކުރަމުންނެވެ.
"އެކަން މިނިސްޓްރީގެ ހުށަހެޅުމެއްގެ ގޮތުގައި ގެނެސް، ވޭޕް މަނާކުރުން އެޖެންޑާގައި ހިމަނާނަން،" މިދިޔަ މަހު ފަހުކޮޅު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޒުލްކިފްލީ ވިދާޅުވެފައިވެ އެވެ.