ކުޓީނިއޯގެ ޓީމުން ނޭމާގެ ސަންޓޯސް ލަދުގަންނަވާލައިފި
މިހާރު
18 އޯގަސްޓު 2025 | ހޯމަ | 11:24
ސައު ޕައުލޯ (އޮގަސްޓް 18) - ބްރެޒިލް ލީގުގައި ރޭ ވަސްކޯ ޑަ ގާމާއާ ވާދަކޮށް 6-0 ގެ ނަތީޖާއަކުން ސަންޓޯސް ބަލިވެއްޖެ އެވެ.
ނޭމާ ޖޫނިއާކުޅެމުން އަންނަ ސަންޓޯސް ކޮޅަށް، ރެލިގޭޝަން ޒޯނުގައި އޮތް ވަސްކޯ ކާމިޔާބުކުރި ހަ ގޯލުގެ ތެރެއިން ދެ ގޯލު ޖަހާފައި ވަނީ، ނޭމާއާ އެކު ބްރެޒިލް ގައުމީ ޓީމަށް ކުރިން ކުޅުނު ފިލިޕޭ ކުޓީނިއޯ އެވެ.
އިންޓަ މިލާނާއި ބާސެލޯނާ އަދި ލިވަޕޫލް އަދި ބެޔާން މިއުނިކަށް ވެސް ކުޅުނު ކުޓީނިއޯ، 33، ވަނީ މިދިޔަ ޖުލައި މަހު އެސްޓަން ވިލާ ދޫކޮށް އޭނާ ޔޫތު ކެރިއަރު ފެށި ވަސްކޯ އަށް ބަދަލުވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި އިން ފެށިގެން އޭނާ އައީ ލޯނު އުސޫލުން ވަސްކޯއަށް ކުޅެމުންނެވެ.