އިޒްރޭލުން ޣައްޒާގައި ފަލަސްތީނު މީހުން ބަނޑަށްޖައްސަނީ ގަސްތުގައި: އެމްނެސްޓީ

މިހާރު

18 އޯގަސްޓު 2025 | ހޯމަ | 12:50

ޣައްޒާގައި ފަލަސްތީނު މީހުން ބަނޑަށްޖެއްސުމަކީ އިޒްރޭލުން ގަސްތުގައި، ވަކި ޕްލޭނެއްގެ ދަށުން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް، ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ބުނެފި އެވެ.

ކާބޯތަކެތި ހުސްވެ ހައިހޫނުކަން ނުރައްކާތެރި ދަރަޖައަކަށް ޣައްޒާގައި އާންމުވެދާނެ ކަމަށް އދ. އާއި އެހީގެ ޖަމިއްޔާތަކުން އިންޒާރު ދީފައި ވަނިކޮށް އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި މިހެން ބުނީ ބަނޑަށް ޖެހިފައިވާ އެތައް ބަޔަކާ ވާހަކަ ދައްކައި އެ މީހުންގެ ތަޖުރިބާތަކާ އެކުގަ އެވެ.

އެކަމަކު އިޒްރޭލުން ބުނަމުންދަނީ ޣައްޒާގައި އެކަށީގެންވާ ވަރަށް ކާބޯތަކެތި ލިބޭ ކަމަށާއި ހައިހޫނުކަން އާންމުވަމުންދަނީ ހަމާސް އިން އެހީގެ ސާމާނު ފޭރޭތީ ކަމަށެވެ. މިއީ އެއްވެސް ހެއްކެއް ހުރެގެން ދައްކާ ވާހަކައެއް ނޫން ކަމަށް އެތައް ޖަމާއަތަކުން ދަނީ ބުނަމުންނެވެ.

މައުޟޫޢުތަށް