ނިއުޕޯޓްގެ ކުލި ހޯދަން ހިންގި ތަންފީޒު މައްސަލަ ދައުލަތުން އެދިގެން ބާތިލްކޮށްފި

މިހާރު

18 އޯގަސްޓު 2025 | ހޯމަ | 2:27

ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގި ބިން ހަވާލުކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދައްކަން ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން އިސްވެ ކުރިއަށް ގެންދަން ފެށި ތަންފީޒުގެ މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން ބާތިލްކޮށްފި އެވެ.

ސްޓްރާޑާ ކުންފުންޏަށް ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކުރަން ދީފައިވަނީ ސެޕްޓެމްބަރު، 2016 ގައި ހައުސިން މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

ލޮނުޒިޔާރަތް ޕާކާ އިންވެގެން އޮންނަ އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސެޕްޓެމްބަރު، 2019 ގައި ވަނީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކުރުމާއި އެ ތަނަށް ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.

މައުޟޫޢުތަށް