އޭ ލެވެލަށް ކިޔަވަން ގިނަ ކުދިންނަށް ފުރުސަތު ލިބޭ ގޮތަށް އުސޫލް އިސްލާހުކޮށްފި
މިހާރު
18 އޯގަސްޓު 2025 | ހޯމަ | 5:53
ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި އޭ ލެވެލް އަށް ވަދެވޭނެ ތިން ގޮތެއް ކަނޑައަޅާފައިވެ އެވެ. އެއީ އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.
އެ ތިން ގޮތަށް ކިޔެވުމަށް ވެސް ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ.