ދުވުންތެރިންގެ ދުވެލި 30 އަހަރު ފަހަތަށް އޮބާލައިފި: ނަސީރު

މިހާރު

18 އޯގަސްޓު 2025 | ހޯމަ | 6:03

މިދިޔަ ހޮނިހިރު ދުވަހު ނިންމާލި، ގައުމީ އެތުލެޓިކްސް މުބާރާތުގެ ބައެއް އިވެންޓްތަކުގައި ވަނަތައް ހޯދި ދުވުންތެރިންންގެ ދުވެލި ހުރީ މީގެ 30 އަހަރު ކުރިން އޭރުގެ ދުވުންތެރިން ދުވި ސްޕީޑްގައި ކަމަށް އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއީލް ބުނެފި އެވެ.

ރާއްޖޭގެ ފިރިހެން، 800 މީޓަރު ރެކޯޑް އަދިވެސް އޭނާގެ ނަމުގައި އޮތް ނަސީރު ބުނީ މީޑްލް ޑިސްޓެންސް ރޭސްތަކާއި ސްޕްރިންޓް ބައެއް އިވެންޓްތަކުން ގައުމީ މުބާރާތުގައި ވަނަ ހޯދި ދުވުންތެރިންގެ ނަތީޖާ, 1990 ގެ އަހަރުތަކުގައި އޭރުގެ ދުވުންތެރިން ރޭސް ނިންމި ވަގުތަށް ވުރެ ލަސް ކަމަށެވެ.

އޭނާ ބުނީ 1999 ގައި ޝަމްހާ އަހްމަދު ސްޕރިންޓް އިވެންޓްތަކުގައި ރޭސް ނިންމި، ވަގުތަށް ވުރެ ދަށްކޮށް، ގައުމީ މުބާރާތުގައި ވަނަ ހޯދި އެތުލީޓުން ރޭސް ނިންމި ކަމަށެވެ.

މައުޟޫޢުތަށް