ފްލެޓް ލިސްޓުން އުނިކުރުމުން މައްސަލަ ކޯޓަށް

މިހާރު

18 އޯގަސްޓު 2025 | ހޯމަ | 8:16

ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހަކު ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިއިރު، ހައުސިން މިނިސްޓްރީން ބުނެފައި ވަނީ، އެހެން ސްކީމްތަކެކޭ އެއްގޮތަށް ސޮއިކުރުމުގެ މަރުހަލާގައި ބަލަން ޖެހޭ ކަންކަމަށް ބަލާއިރު ޝަރުތު ހަމަނުވާކަން ކަށަވަރުވާ މީހުން ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.

ފްލެޓު ލިސްޓުން ނަން އުނިކުރި މީހާގެ ދިފާއުގައި ކޯޓަށް މައްސަލަ ހުށަހެޅި ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ނޫސްވެރިންނަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ފްލެޓް ލިސްޓު މިހާރު އޮތް ގޮތުން އެތައް ބައެއްގެ ހައްގުތައް ގެއްލޭތީ ކަމަށެވެ.

މައުޟޫޢުތަށް