އަދާލަތަށް 20 އަހަރު: ދެމިއޮންނާނީ ހައްގަށް ނަސްރު ދޭ ޕާޓީއެއްގެ ގޮތުގައި

މިހާރު

18 އޯގަސްޓު 2025 | ހޯމަ | 10:16

ރާއްޖޭގައި މިހާތަނަށް މެދުނުކެނޑި 20 އަހަރު ވަންދެން ހިންގި ކަމުގެ ޝަރަފު ލިބޭ ދެ ޕާޓީގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީ ދެން ވެސް ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި މިހާރު އޮތް އެމްޑީޕީ އަށް ފަހު ދެވަނަ އަށް ރާއްޖޭގައި އުފެއްދި ޕާޓީ، އަދާލަތަށް މިއަދު 20 އަހަރު ފުރުމާ ދިމާކޮށް ދެއްވި ހިތާބެއްގައި އިމްރާން ވިދާޅުވީ، ރައްޔިތުން ބިކަވެ، ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށެވެ.

ދީނީ ގިނަ އިލްމުވެރިންތަކެއް މިހާރު ވެސް އިސްވެ ތިއްބެވި އަދާލަތު ޕާޓީގެ މާޒީ އަށް ބައްލަވަމުން އިމްރާން ވިދާޅުވީ، އެ ޕާޓީން ވާނީ ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ، ގިނަ ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާއުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައިމަސައްކަތް ކޮށްފައި ކަމަށެވެ.

މައުޟޫޢުތަށް