މިނިސްޓަރު ހަލީލް އިތުރުފުޅު ހެއްދެވިކަން ފާހަގަވެ، އިމްތިޔާޒުގެ މައްސަލައެއް މަޖިލިހަށް ވައްދައިފި

މިހާރު

19 އޯގަސްޓު 2025 | އަންގާރަ | 12:21

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިތުރުފުޅު ހެއްދެވި ކަމަށް ފާހަގަކުރެވޭތީ އޭނާއާ ދެކޮޅަށް އިދިކޮޅު މެމްބަރަކު އިމްތިޔާޒުގެ މައްސަލައެއް މަޖިލިހަށް މިއަދު ވައްދައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މިނިސްޓަރު ހަލީލްއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލިހަށް ވެއްދީ މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލިހުގެ ތަޅުމުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަން ފާހަގަވުމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގައި "އިންޑިއާ އައުޓް" ޓީޝާޓެއް ލައްވައިގެން ހަލީލް އެ ދުވަސްވަރު ހުންނެވިންތޯ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލުގެ ޖަވާބުގައި ހަލީލް ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، ސޯޝަލް މީޑިއާގެ އެއްވެސް ފޮޓޯއަކުން އޭނާ އެ ގޮތަށް ނުފެންނާނެ ކަމަށެވެ.

މައުޟޫޢުތަށް