ގުރޫޕް ހަދައިގެން ކުށްކުރާ ތަންތަނުގައި ތިބޭ ފިރިހެން ކުދިން ގިނަވާތީ ފުލުހުންގެ މޮނީޓަރިން ވަރުގަދަކުރަނީ
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 1:49
ގުރޫޕް ހަދައިގެން ކުށްކުރާ ބައެއް ސަރަހައްދުތަކުގައި ތިބޭ ފިރިހެން ކުދިން ގިނަވާތީ ފުލުހުންގެ މޮނީޓަރިން ވަރުގަދަކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުވަހުން ދުވަހަށް ފުލުހން ކުރާ އާންމު ޕެޓްރޯލިން އާއި ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ އަދި ރައްކާތެރި ނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.