ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ޖެހުނީ ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ: ހިމަންދޫ ކައުންސިލް

މިހާރު

19 އޯގަސްޓު 2025 | އަންގާރަ | 2:58

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަ ޖެހުނީ ބައެއް ކައުންސިލްތަކުން އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދިއުމުން ކަމަށް ހިމަންދޫ ކައުންސިލް ރައީސް ހުޝާމް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ހިމަންދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުޝާމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ނޫސްބަޔާން ނެރުނު ކައުންސިލްތަކުގެ ތެރޭގައި ހިމަންދޫ ކައުންސިލް ވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބަޔާން ނެރުނު ސަބަބަކީ ކުރިން ކަންކަން ކުރަމުން އައި ފަސޭހަ ގޮތަށް އެ ކަންކަން ނުކުރެވޭނެ ކަމުގެ ބިރު އޮތުމާއި އެ އިސްލާހުގެ ސަބަބުން ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށް ވިސްނިވަޑައިގެންފައި އޮތުމުން ކަމަށެވެ.

މައުޟޫޢުތަށް