އިންސިއުލިން ދިނުން ހުއްޓައެއް ނުލަން: އާސަންދަ
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 2:13
އާސަންދައިން އިންސިއުލިން ކަވަރު ނުކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރުގެ މިންވަރު އެކަށީގެންވާ ވަރެއްގައި ބަހައްޓަންޖަހާ އިންޖެކްޝަނެއް ކަމަށްވާ އިންސިއުލިން އާސަންދައިގެ ދަށުން ނުދޭން އެއްވެސް އިރަކު ނިންމާފައި ނުވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.
"ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތުތައް ސިޔާސީ ބޭނުމަކަށް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." އާސަންދައިން ކުރި ޕޯސްޓުގައިވެ އެވެ.