އިންޑިއާގެ ބޮޑުވަޒީރު މޯދީ ޗައިނާއަށް ވަޑައިގަންނަވަނީ
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 3:03
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ ފަހުކޮޅު ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް އޭނާގެ ސެކިއުރިޓީ ޗީފް މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 31 ވަނަ ދުވަހު ޓިއަންޖިންގައި ފަށާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި މޯދީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސެކިއުރިޓީ ޗީފް އަޖިތު ޑޯވާލް ވިދާޅުވީ މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު ބޭއްވެވި ބައްދަލުވުން ފެށުމުގެ ކުރިންނެވެ.
މޯދީގެ ދަތުރު ވާނީ 2018 ވަނަ އަހަރުގެ ފަހުން އޭނާ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.