ވިޕްލައިނާ ހިލާފުވި އަޒާން އަލުން މާލިއްޔަތު ކޮމިޓީ އާއި 241 އަށް!

މިހާރު

19 އޯގަސްޓު 2025 | އަންގާރަ | 4:24

ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަނބުރާ އެ ކޮމިޓީތަކަށް މިއަދު އައްޔަންކޮށްފި އެވެ.

އެ ކޮމިޓީތަކަށް އަލުން އައްޔަންކުރިކަން އަޒާން ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖެއްސި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އައިފާން އާއި 241 ކޮމިޓީއަށް އައްޔަންކުރި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިހާރު ވަނީ އެ ކޮމިޓީތަކުން ވަކިކޮށްފަ އެވެ.

މައުޟޫޢުތަށް