ރަށްރަށުގައި އައުޓްޑޯ ޖިމާއި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލާއިި އެޗްޑީސީއާ ހަވާލުކޮށްފި
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 4:25
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖިމާއި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލާއިި އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިންގާ ކުންފުނި އެމްއޭސީއެލާއި ކުޅިވަރާ ބެހޭ މިނިސްޓްރީން ހަވާލުކުރީ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅާށެވެ. އަދި އެޗްޑީސީއާ ހަވާލުކުރީ 71 ރަށެއްގައި އައުޓްޑޯ ޖިމް ހަދާށެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ އެކަމަށްޓަކާ މިއަދު ހ. މީރުމާ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގަ އެވެ.