އއ. ގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ ހުރިހާ މަސައްކަތެއް އެމްއޭސީއެލްއާ ހަވާލުކޮށްފި
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 10:53
މަތިވެރި އެއާޕޯޓް ހިންގާނީ ވެސް އެމްއޭސީއެލުން. ރައީސް ވިދާޅުވީ އެއީ 100 ޕަސެންޓު ފީޒަބްލް ޕްރޮޖެކްޓެއް ކަމަށް.
ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މަތިވެރީގައި އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ތަން ތަރައްގީކޮށް އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.