މާފަރު ފަޅު ފެރިދޫ ރައްޔިތުންނަށް، ހަދަނީ ޕިކްނިކް އައިލެންޑަކަށް
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 9:53
އއ. މާފަރު ފަޅު، ފެރިދޫގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށާއި އެ ތަން ތަރައްގީ ކުރަނީ ދަތުރު ދިއުމަށް ހާއްސަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މެންދުރު ވަޑައިގަތީ ފެރިދުއަށެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.