ރައްޔިތުން އެދުނު ގޮތަށް 50 ކޮޓަރީގެ ކަސާމިއާ ގެސްޓް ހައުސް މަތިވެރި ކައުންސިލަށް

މިހާރު

19 އޯގަސްޓު 2025 | އަންގާރަ | 11:26

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހިންގެވި 50 ކޮޓަރީގެ ގެސްޓް ހައުސް އއ. މަތިވެރި ކައުންސިލާ މިރޭ ހަވާލުކޮށްފި އެވެ.

ކަސާ މިއާ ހުރި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހައްދަވައި ދެއްވުމަށް ރައްޔިތުން އެދުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އޭރު ކައުންސިލުން ރައީސަށް ހުށަހެޅީ ކަސާ މިއާ ގެސްޓް ހައުސް ހުރި އެ ބިމުން މިދިޔަ 8 އަހަރުގެ ތެރޭގައި ވެސް ރަށަށް އެއްވެސް ފައިދދާ ނުވާ މައްސަލައާ ގުޅުން ހުރި ކަންބޮޑުވުންތަކެވެ. އެހެންވެ، އެ ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އޭރު އެ މަނިކުފާނުގެ އަރިހުގައި ދެންނެވުމުން އޮތީ އެ ކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މައުޟޫޢުތަށް