ފުޓްސަލް ގައުމީ ޓީމުގެ ކޯޗުކަމަށް ނިޝާހް، ލިއުބީ ނިޔާ، އަދި ޓޯޑް
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 10:53
ފުޓްސަލް ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން އެފްއޭއެމުން ހަ ކޯޗަކު އެ މަގާމަށް ކުރިމަތިލައިފި އެވެ.
އެ މަގާމަށް ކުރިމަތިލި ފުޓްސަލް ބެކް ގްރައުންޑް ކޯޗުންގެ ތެރެއިން އެންމެ ހައި ޕްރޮފައިލް ދެ ނަމަކީ މުހައްމަދު އިހްސާން ސައީދު (ޔޫބީ) އަދި ހުސައިން ނިޝާހް އެވެ.
ބިސް ބުރު ސްޕޯޓްސް އެކަޑަމީގައި މަސައްކަތް ކުރަމުން އަންނަ މި ދެ ކޯޗުންނަކީ ފުޓްސަލް ކޯޗިންގައި ރާއްޖޭގެ ތިބި ތަޖުރިބާކާރުންގެ ތެރެއިން އެންމެ މަތީ ލައިސެންސް ހާސިލު ކުރި ދެ ކޯޗުންނެވެ.