ކޮންމެ އަތޮޅެއްގައި ދަތުރުދާ ރަށެއް ސަރުކާރުން ތަރައްގީކުރަނީ
މިހާރު
20 އޯގަސްޓު 2025 | ބުދަ | 10:55
ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް، ސަރުކާރުން ތަރައްގީކޮށްދޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މަތިވެރީގައި ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދޭން ވަރަށް ގިނަ ރަށްރަށުން އެދޭ ކަމަށެވެ. އާއިލާ އެކު ޕިކްނިކަށް އެއްވެލާނެ ރަށެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.