ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުން ކަމަށް ނަތަންޔާހޫ ސިފަކޮށްފި

މިހާރު

20 އޯގަސްޓު 2025 | ބުދަ | 5:58

ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރުމުން ޔަހޫދީންނާ މެދު ނަފްރަތުގެ އަމަލުތައް އިތުރުވެއްޖެ ކަމަށް ބުނެ އެ ދެ ކަންތައް އެއްހަމަޔަކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އަށް ސިޓީ ފޮނުވައިފި އެވެ.

އޭއެފްޕީއަށް މި ސިޓީ ފެނިފައި ވާއިރު ފްރާންސްގެ ވަޒީރަކު މި ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ އެންޓިސެމިޓިޒަމް ނުވަތަ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.

އިޒްރޭލުން ފްރާންސަށް ބަހުގެ ހަމަލާތައް ދަމުން ގެންދަނީ އަންނަ މަހު ބާއްވާ އދ.ގެ އާންމު ޖަލްސާގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަމަށް މިދިޔަ މަހު އިއުލާނުކުރި ހިސާބުންނެވެ.

މައުޟޫޢުތަށް