އަތޮޅު ކައުންސިލްތައް އުވާލަން ކުރިއަށް އޮތް ދައުރުގައި ގާނޫނުއަސާސީ އިސްލާހު ކުރަނީ!

މިހާރު

20 އޯގަސްޓު 2025 | ބުދަ | 12:25

އަތޮޅު ކައުންސިލްތަކުގެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅުވި.

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި އަންނަ އަހަރުގެ މާޗު މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ކުރިން އަދި ރައްޔިތުންގެ މަޖިލިހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ، މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލިހުގެ ކުރިއަށް އޮތް ދައުރު ފަށާއިރަށް އެ އިސްލާހު ފޮނުއްވާނެ ކަަމަށެވެ.

މައުޟޫޢުތަށް