ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

މިހާރު

20 އޯގަސްޓު 2025 | ބުދަ | 10:03

މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކޮށް، އެ ސަރަހައްދުގެ ކަނޑުތޮށި ބޭރަށް ޖެއްސުމުގެ މަސަައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވި ގޮތުގައި، އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގެ މަގުތަކުގެ އެއް ލޭން ބަންދުކުރަމުން އަންނައިރު އެ ތަން ތަރައްގީ ކުރަނީ ހަތަރު ލޭނުގެ މަގަކަށް ފުޅާކޮށްގެން ކަމަށެވެ.

ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރު ނާޅާ އޮތް ހިސާބުގައި ތާރު އަޅައި މަގު ތަރައްގީ ކުރަން ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެމްޓީސީސީއާ އެވެެ.

މައުޟޫޢުތަށް