ބީއެމްއެލްގެ ބްރާންޗަކާ އެކު ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

މިހާރު

20 އޯގަސްޓު 2025 | ބުދަ | 1:12

ލޯކަލް ޓޫރިޒަމްގައި އއ. އަތޮޅުން އެންމެ ކުރިއަރާފައިވާ ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއްގެ ބިންގާ އަޅައި ޑޮލަރު އޭޓީއެމްއެމްގެ ހިދުމަތް ފަށައިފި އެވެ.

ޓޫރިސްޓުންގެ ޗުއްޓީ މަންޒިލަކަށް ވެފައި އޮތް ތޮއްޑޫގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ، އއ. އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ހިދުމަތް ފެށުމާ އެކު ތޮއްޑޫގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރަން އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.

މައުޟޫޢުތަށް