ތޮއްޑޫ ސިއްހީ މަރުކަޒުގެ ބަދަލުގައި 30 އެނދުގެ ހޮސްޕިޓަލެއް
މިހާރު
20 އޯގަސްޓު 2025 | ބުދަ | 6:25
އއ. ތޮއްޑޫގައި މިހާރު އިމާރާތް ކުރަން ފަށާފައިވާ ސިއްހީ މަރުކަޒުގެ 30 އެނދުގެ އިމާރާތް، 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރެއްވީ މިއަދު މެންދުރު އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތޮއްޑޫގައި މިހާރު ހުރި ސިއްހީ މަރުކަޒު އެންމެ މަތީ ގްރޭޑަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.