މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީ ކޮށްދޭނަން: ރައީސް
މިހާރު
20 އޯގަސްޓު 2025 | ބުދަ | 9:06
އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، އެތަނުން އެ ރަށު ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ރަސްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ވިދާޅުވީ އެ ރަށު ރައްޔިތުން ބޭނުންވާ މަޑިވަރުފަޅު ތަރައްގީކޮށް ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާތީ އެކަން ކޮށްދެއްވާނެ ކަމަށެވެ.
"ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް މަޑިވަރު ފިނޮޅު ތިބޭފުޅުން ބޭނުންވާ ގޮތަށް ހަދައިދިނުމަކީ އަޅުގަނޑުގެ ވައުދެއް. އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްގީކޮށްދީ، އެތަން ހިމާޔަތްކޮށް، ތިބޭފުޅުން ޓޫރިޒަމް ބޭނުމަށް ބޭނުންކުރެވޭނެ ގޮތަށް ހައި ޕްރިއޯރިޓީގައި މަސައްކަތްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.