އެންއައިސީ އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މިހާރު

20 އޯގަސްޓު 2025 | ބުދަ | 7:57

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެންއައިސީގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އާ މެމްބަރަކު ހޯދަނީ އެ ޓްރައިބިއުނަލްގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވި އަބްދުލްޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާތީ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ މިހާރު ވަނީ އައްޔަން ކުރައްވައިފަ އެވެ.

މައުޟޫޢުތަށް