އުކުޅަހު ހިއްކި ބިމުން އިތުރު ގޯތި ދޭން ނިންމައި 50 ހައުސިން ޔުނިޓް އަޅަނީ
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 9:24
އއ. އުކުޅަހު ހިއްކި ބުމުން ދޫކުރާ ގޯތީގެ އަދަދު އިތުރުކޮށް، 50 ހައުސިން ޔުނިޓް އަޅަން މިއަހަރު ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ރޭ ވާހަކަ ދައްކަވަމުންނެވެ.
ރަށުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ފުރިހަމަވެގެންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.