ކުޑަކުދިންތަކެއް ރައީސަށް އެރުވި ސިޓީ: ޝަކުވާއަކީ ޓޫރިސްޓުން އާންމު ތަންތަނުގައި އުޅޭ ގޮތުގެ މައްސަލަ
މިހާރު
20 އޯގަސްޓު 2025 | ބުދަ | 11:47
ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އއ. އުކުޅަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ނިކުތް ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކު އެ މަނިކުފާނަށް ދިއްކޮށްލީ ސިޓީއެކެވެ.
އެ ވަގުތު އެ ސިޓީގައި އޮތް އެއްޗެއް ވިދާޅުނުވި ނަމަވެސް މިރޭ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާ އަށް ރައީސް ވަޑައިގަތީ އެ ސިޓީ ހިއްޕަވައިގެންނެވެ. އެއީ އެ ސިޓީގައި ލިޔެފައި އޮތް އެއްޗެއް ބުނެދޭން އެންމެ ރަނގަޅު މާހައުލަކަށް ވާނީ ރައްޔިތުންގެ ބައްދަލުވުން ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ފާހަގަވި ކަމެއް، އެ ވާހަކަ ދައްކަން ހުއްޓާ މިއަދު މި ރަށަށް ފޭބި ތަނާ މި ރަށު ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް. ހަމަ އޮތް ގޮތަށް ކިޔާލާނަން،" ރައްޔިތުންނާއެކު ބެއްވި ބައްދަލުވުމުގައި އެ ކުއްޖާގެ ސިޓީ އިއްވަވަން ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.