ލޯކަލް ޓޫރިޒަމް ހިންގަންވާނީ ވެސް ދީނީ އިމުން ބޭރުނުވެ: ރައީސް

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 8:47

ލޯކަލް ޓޫރިޒަމްގެ ވިޔަފާރިން މުއްސަނދިކަން ހޯދާއިރު، އެކަން ކުރަން ވާނީ އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އއ. އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގުމުގައި އިންތައް ހިފަހައްޓަން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.

އުކުޅަހުގައި ވެސް ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިންޑަސްޓްރީ ފުޅާކޮށް ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން ބޭނުންވާ ކަމަށެވެ.

މައުޟޫޢުތަށް