ރަސްދު އާއި އުކުޅަހުގެ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލަށް

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 9:20

އއ. ރަސްދޫ އަދި އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން އިއްޔެ ހަވާލުކޮށްފި އެވެ.

އެ ދެ ތަނުގެ މަސައްކަތް ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އުކުޅަހު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

މައުޟޫޢުތަށް