ޓޮޓްނަމް އަށް ނުނިމުނު ޑީލް އާސެނަލުން އެއް ދުވަހުން ނިންމާލައިފި

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 12:21

ލަންޑަން (އޮގަސްޓް 21) - ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވާން ނިންފައިވާ ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު އެބެރޭޗީ އެޒީގެ ޑީލް އާސެނަލުން ނިންމައިފި އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އިއްޔެ ހެނދުނާ ހަމައަށް ވެސް އެޒީ ގުޅެން ނިންމާފައި ވަނީ ޓޮޓެންހަމަށެވެ. ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮއްވައި 60 މިލިއަން ޕައުންޑް (81 މިލިއަން ޑޮލަރު) އަށް ބަދަލުވާން ހުރިހާ ފަރާތަކުން އެއްބަސް ވެފައި ވާނަމަވެސް، އާސެނަލުން ފަހު ވަގުތު އެޒީ އަށް ޓާގެޓް ކުރީ އެޓީމުގެ ކައި ހަވާޓްޒް ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށް ލަފާ ކުރެވުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލް ކުރިން އޭނާ ގެންނަން މަސައްކަތް ނުކުރީ، ޒުވާން ފޯވާޑް އީތަން އެންވާނޭރީ ކުލަބުގައި ބަހައްޓަން ނިންމާފައި ވުމުންނެވެ. އަދި މި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަންނަން 200 މިލިއަނެއްހާ ޕައުންޑް ހޭދަކޮށްފައި ވުމުން، ކުލަބުން އެންމެ މުހިއްމު ކަމެއް މިވަގުތު އޮތީ ކުޅުންތެރިން ވިއްކައިގެން އާމްދަނީ ރަނގަޅު ކުރަން ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.

މައުޟޫޢުތަށް